ކާބޯތަކެތި ވިއްކާތަންތަނަށް ހުއްދަ ދޫކުރުމަށް ނަގާ ފީ 50 އިންސައްތަ ކުޑަކޮށްފި އެވެ.
އެކަން ހާމަކޮށް މޯލްޑިވްސް ފުޑްއެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ކާބޯތަކެތި ވިއްކާ ތަންތަނާއި ފަރާތްތަށް ރަޖިސްޓްރީކޮޑް ލައިސަންސް ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ އިސްތިރާޖީ އުސޫލު ބަޔާންކުރާ ގަވާއިދުގެދަށުން ކާބޯތަކެތި ވިއްކުމުގެ ރަޖިސްޓްރީ ދޫކުރުމުގައި އެ އޮތޯރިޓީން ނަގަމުން އަންނަ ފީ ކުޑަކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން 28 ޖެނުއަރީ 2026 އިން ފެށިގެން 2 އަހަރު ދުވަހުގެ މުއްދަތަތަށް އެ ފީ ދެން ނަގަމުންދާނީ މިހާރު ނަގަމުން އަންނަ ފީގެ 50 އިންސައްތަ ކުޑަކޮށް ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.