ކާށިދޫ ފަޅުގައި ރިސޯޓު ތަރައްގީކުރާނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާނުކޮށްފި

ކާށިދޫ ފަޅުގައި ރިސޯޓު ތަރައްގީކުރާނެ ބަޔަކު ހޯދަން ޓޫރިޒަމް މިނިސްޓްރީން އަނެއްކާވެސް އިއުލާނުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ކޮސްފައިވާ އިއުލާނުގައި ބުނެފައިވަނީ  ނ. ފަރުމުލީ ފަޅުތެރޭގައާއި، ކާށިދޫ ފަޅުގައި ރިސޯޓު ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަށް ހުޅުވާލާ ކަމަށެވެ.

އެގޮތުން ފަރުމުލީ ފަޅުން 71.18 ހެކްޓަރުގެ ފަޅުގެ ސަރަހައްދުގައި 15 ހެކްޓަރަށް ވުރެ ބޮޑުނޫން ރަށެއް ހިއްކައިގެން ރިސޯޓެއް ހެދުމަށާއި، ކާށިދޫ ފަޅުން 10 ހެކްޓަރުގެ ރަށެއް ހިއްކައިގެން ރިސޯޓެއް ތަަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 16 ވަނަ ދުވަހާއި މާރިޗް 3 ވަނަ ދުވަހުގެ 10:00 ގައި ވާޗުއަލްކޮށް ބީލަމާބެހޭ މަުލޫމާތު ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި ބީލަން ހުށަހެޅުމުގެ ފުރުސަތު އޭޕްރީލް 1 ވަަނަ ދުވަހުގެ ހެނދުނު 10:00 އާއި ހަމަށް ހުޅުވާލާފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

ކާށިދޫ ފަޅުގައި ރިސޯޓެއް ހަދަން މީގެ ކުރިން 3 ފަހަރެއްގެ މަތިން ވަނީ އިއުލާނުކޮސްފައެވެ. ކާޝިދޫ ފަޅުގައި ރިސޯޓު ތަރައްގީކުރަން އެދޭ ފަރާތްތަކުން 2.2 މިލިއަން ޑޮލަރު ދައްކަން ޖެހެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *