ފޮޓޯ: ޒުވާން މަސްވެރިޔާ
ފޮޓޯ: ޒުވާން މަސްވެރިޔާ

ބާރަށާއި ށ ފުނަދޫގައި ޓޫރިސްޓު ހޮޓާ ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން އިއުލާންކޮށްފި

ހއ. ބާރަށާއި ށ. ފުނަދޫގައި ޓޫރިސްޓު ހޮޓާ ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ކޮސްފައިވާ އިއުލާނުގައި ބުނެފައިވަނީ ހއ. ބާރަށާއި ށ. ފުނަދޫގައި 50 އެނދުގެ ޓޫރިސްޓު ހޮޓާ ތަރައްގީކޮށް، ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މި އަހަރުގެ މާރިޗް މަހުގެ ނިއަލަށް ވަނީ ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން އެ ރަށްރަށުގައި ޓޫރިސްޓް ހޮޓާ ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެ ކަމުގެ ތަފްސީލީ މައުލޫމާތު ފޯރުކޮސްދިނުމަށްޓަކައި އަންނަ މަހުގެ 23 ވަނަ ދުވަހު އޮންލައިންކޮށް ބާއްވާ މައުލޫމާތު ދިނުމުގެ ޝެޝަނުގައި ބައިވެރިވުމަށްވެސް ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އެ އިއުލާނުގައި ވާގޮތުން ބާރަށުގައި ޓޫރިސްޓް ހޮޓާ އަޅަން ދޫކުރަނީ 71،832 އަކަމީޓަރުގެ ބިމެކެވެ. އަދި ބާރަށުގެ މަޝްރޫއުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 150،000 ޑޮލަރު ހުށަހަޅަންޖެހޭ އިރު ށ. ފުނަދޫއިން ޓޫރިސްޓް ހޮޓާ އަޅަން ދޫކުރަނީ 3 ހެކްޓަރުގެ ބިމެކެވެ. އެރަށުގައި ހިންގާ މަސްރޫއުއަށް ކުރިމަތިލުމަށް ބިޑް ސެކިއުރިޓީގެ ގޮތުގައި ކަނޑައަޅާފައިވަނީ 100،000 ޑޮލަރެވެ.

މީގެ އިތުރުން އެ 2 ރަށުންވެސް ބިން ދޫކުރާން ހަމަޖައްސާފައިވަނީ 50 އަހަރުގެ ލީސް އެގްރީމަންޓެއްގެ ދަށުންނެވެ.

ވަނީ ކަނޑައަޅައިފަ އެވެ. އެ ދެ ތަން ކުއްޔަށް ދޭން ނިންމާފައިވަނީ 50 އަހަރަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *