ހިޔާ ޓަވަރު 5 ގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން 7 އެޕާޓުމަންޓް ގައި ދިރިއުޅޭ ފަރާތްތަކަށް ވަގުތީ ބޯހިޔާކަން ފޯރުކޮށްދީފި

ހިޔާ ޓަވަރު 5 ގައި ރޭގައި ހިނގާ ދިޔަ އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ޓަވަރުގެ 7 އެޕާޓްމަންޓެއްގެ 37 ފަރާތަކަށް ވަގުތީ ބީހިޔާވަހިކަން ފޯރުކޮށްދީފި އެވެ.

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ހިޔާ ޓަވަރު 5 ގައި ރޭގައި ހިނގާ ދިޔަ އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ޓަވަރުގެ 7 އެޕާޓްމަންޓެއްގެ 37 ފަރާތަކަށް އެ އޮތޯރިޓީން  ވަގުތީ ބީހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށާއި، އަދި އެ ހާދިސާއާއި ގުޅިގެން އެ ޓަވަރުގެ ފަހު ނަރުދަމާއަށް ލިބުނު ގެއްލުން ދެނެގަނެ ގެއްލުންތައް މަރާމާތުކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން ކުިރަމުންދާ ކަމަށެވެ.

މީގެ އިތުރުން އެ އަލިފާނުގެ ހާދިސާއާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން އެޗް.ޑީ.ސީ އާއި އެ އޮތޯރިޓީން ބަލަމުންދާ ކަމަށާއި، އަދި އެ ހާދިސާއާއި ގުޅިގެން އެހީތެރިކަމެއް ބޭނުންވާ ނަމަ އެން.ޑީ.އެމް.އޭގެ އެމެޖެންސީ ހޮޓްލައިން 115 އަށް ގުޅުމަށްވަސެ ވަނީ އިލްތިމާސް ކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *