ގިރާވަރުފަޅުން ލިބޭ ގޯތި ލިބުނު ފަރާތްތަކަށް ލިބޭ ޕޮލުޓު ކަނޑައެޅުމަށްޓަކައި ގުރުއަތު ނަގަން ފަށައިފި އެވެ.
ހައުސިންގ މިނިސްޓްރީން ބުނީ މީގެ ކުރިނ ގިރާވަރު ފަޅުން ދޫކޮށްފައިވާ ރަޖިސްޓްރީތައް ބާތިލްކޮށްފައިވާ ކަމަށާއި، ގިރާވަރުފަޅުގެ ލޭންޑްޔޫސް ޕްލޭނަށް ގެނައި ބަދަލާއެއްގޮތަށް ގިރާވަރުން ފަޅުން ލިބޭ ގޯތިގެ ޕްލޮޓް ކަނޑައެޅުމަށްޓަކައި މިއަދު ސޯޝަލް ސެންޓަރުގައި ގުރުއަތުގެންގުން ފަށައިގެން ކުރިޮއަށްދާ ކަމަަށެވެ.
ގިރާވަރުފަޅުން ހިއްކަންޖެހޭ ޖުމުލަ 167.15 ހެކްޓަރުގެ ތެރެއިން ބާކީ ނުހިއްކާ އޮތް 97.15 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލުން އިއްޔެ ވަނީ ފަށައިފަ އެވެ. ގިރާވަރު ފަޅުން 4 ސައުޒުގެ ގޯތި ކުރީ ސަރުކާރުން ވަނީ ދޫކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 2،450 އަކަފޫޓުގެ 1 ގޯއްޗާއި، 2،050 އަކަފޫޓުގެ 254 ގޯއްޗާއި، 1،650 އަކަފޫޓުގެ 1،214 ގޯއްޗާއި، 1،250 އަކަފޫޓުގެ 2،603 ގޯއްޗެވެ.
ހައުސިން މިނިސްޓްރީން ބުނީ ގޯތިތަކުގެ ރަޖިސްޓަރީ އާއި ބިން ލިބޭ މީހުންނާ އެކު ހަދަންޖެހޭ އެއްބަސްވުންތަކާ ގުޅޭ މައުލޫމާތު ގޯތި ލިބޭ މީހުންގެ ގުރުއަތުލުން ނިމުމުން، ފަހުން އާންމު ކުރާނެ ކަމަށެވެ.