ރާއްޖޭގެ ދެކުނުގެ 4 ވައިގެ މަގުން ގުޅާލައިފި އެވެ.
ގއ އަޮޅާއި ގދ އަދި ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީ ވައިގެ މަގުން ގުޅާލުމަށްޓަކައި މޯލްޑިވިއަނުން އިއްޔެ އައްޑޫސީޓީ ގަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރ އަލީ އިހްސާން ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތެއް ދިނުމުން، އެ ޚިދުމަތުން އެ މީހާގެ ހަޔާތަށް ފަސޭހަކަމެއް ގެނުވާނެ ކަމުގެ އިހުސާސް މިހާރު ތިއްބެވި ވެރިންނަށް ވާ ކަމަށާއި، އަދި އެއންމެ ދެކުނުގެ 4 އަތޮޅު ގުޅާލުމަކީ ރާއްޖެ އަށް އަންނަ ޓޫރިސްޓުން ގައުމުގައި ހޭދަކުރާ މުއްދަތު އިތުރުކުރަން ލިބުނު ފުރުސަތަކަށް ވާނެ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރ އިހްސާނު ވިދާޅުވީ ދެން އައްޑޫގައި ހުންނަ މީހާ ފުވައްމުލަކަށް އެއްވެސް ބޭނުމެއްގައި ދާންޖެހުމުން ކަނޑުމަގުން ކުރަންޖެހޭ ދިގު ދަތުރު ކުރަން ނުޖެހޭނެ ކަމަށާއި އެގޮތުން 20 ވަރަކަށް މިނެޓުން މިހާރު ފުވައްމުލަކަށް ދެވޭނެ ކަމަށެވެ.