ޖަޕާނު ސަރުކާރުން ސިފައިންނަށް ސީ އެމްބިއުލާންސެއް ހަދިޔާކޮށްފި

ޖަޕާން ސަރުކާރުން ފަރާތުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ސީ އެމްބިއުލާންސެއް ހަދިޔާކޮށްފި އެވެ.

ޖަޕާނު ސަރުކާރުގެ ފަރާތުން ރާއްޖެއަށް ހަދިޔާކުރި މި ސީ އެމްބިއުލާންސް އާއި ހަވާލުވެލެއްވީ ޑިފެންސް މިނިސްޓަރ ޣައްސާން މަޢުމޫނު އެވެ. އަދި ޖަޕާނުގެ ފަރާތުން މި ސީއެމްބިއުލާންސް ޑިފިންސް މިނިސްޓަރާ ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއެވެ

ޑިފެންސް މިނިސްޓްރީން ބުނީ ޖާޕާނު ސަރުކާރުޔގެ އިކޮނޮމިކް ކޯޕަރޭޝަން ގްރާންޓް އެކްޓް ގެ ދަށުން ހަދިޔާކުރި މި އުޅަނދުގެ ސަބަބުން ރާއްޖޭގެ ރަށްތަކަށް ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގައި އަދި އެ ޚިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް ހުރި ފުރުސަތުތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ. މީގެ ކުރިން ޖަޕާނު ސަރުކާރުން ވަނީ މޯލްޑިވްސް ކަސްޓަމްސް ސާވިސް އަށް ބޭނުންވާ ޕެޓްރޯލް ބޯޓެއް ވެސް ހަދިޔާކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *