ތަމްރީން ޕްރޮގްރާމެއްގައި 52 ދަނޑުވެރިން ސިލޯނަށް ފުރައިފި

ރާއްޖޭގެ 52 ދަނޑުވެރިއަކު ދަނޑުވެރިކަމާގުޅޭ ތަމްރީން ޕްރޮގްރާމެއްގައި ސްރީލަންކާއަށް ފުރައިފި އެވެ.

އެގްރިކަލްޗަރ މިނިސްޓްރީން ބުނީ މިއަދުން ފެށިގެން މި މަހުގެ 13ވަނަ ދުވަހުގެ ނިއަލަށް ސްރީލަންކާގައި ކުރިއަށްދާ އެޑްވާންސްޑް ހޯޓިކަލްޗަ އެކްސްޕޯޝާ ޓްރެއިނިން ޕްރޮގްރާމުގައި 52 ދިވެހި ދަނޑުވެރިން ބައިވެރިވާ ކަމަށާއި އެ ޕްރޮގްރާމަކީ އިންޓަނޭޝަނަލް ފަންޑް ފރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާ އެ މިނިސްޓްރީ ގްޅިގެން ކުރިއަށްގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް) ގެ ދަށުން ހިންގާ ޕްރޮގްރާމެއް ކަމަށެވެ.

އެގޮތުން މި ޕްރޮގްރާމްގައި ދަނޑުވެރިންނަށް ދިނުމަށް ހަމަޖެހިފައިވާ ތަމްރީޫން ތަކުގެ ތެރޭގައި އެންމެ ޒަމާނީ ގްރީން ހައުސްގައި ދަނޑުވެރިކަން ކުރާ ގޮތުގެ މަޢުލޫމާތާއި އަދި އަމަލީ ގޮތުން މަސައްކަތްކުރުމުގެ ފުރުޞަތު ވެސް ބައިވެރިންނަށް ލިބިގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން އެ މިނިސްޓްރީން ބުނީ މި ޕްރޮގްރާމުގައި ބައިވެރިކޮށްފައިވާ ދަނޑުވެރިންނަކީ މެޕްގެ ފަރާތުން ކުރިއަށް ގެންދިޔަ ލީޑް ފާމާ ތަމްރީނު ނުވަތަ އިސްދަނޑުވެރިންގެ ތަމްރީނުތައް ފުރިހަމަކޮށްފައިވާ ބައިވެރިންނާއި މެޕްގެ ފަރާތުން ދަނޑުވެރިންނަށް ހުޅުވައިލި ގްރާންޓް، ދަނޑުވެރި މަންފާގެ ދަށުން، އެ ގްރާންޓް ލިބި އަމިއްލަ ގްރީން ހައުސްތަކުގައި ދަނޑުވެރިކަން ކުރަން ފަށައިވާ ދަނޑުވެރިން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *