ރިޔާސީބަޔާން 2026: މާލޭ ވިޔަފާރި ބަނދަރު އަންނަ އަހަރު ތިލަފުއްޓަށް ބަދަލުކުރާނެ

މާލޭ ވިޔަފާރި ބަނދަރު އަންނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ތިލަފުއްޓަށް ބަދަލުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމު ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވީ މާލެ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ މަސައްކަތަކީ އެކި މަރުޙަލާތަކަށް ކުރިއަށްދާ ބޮޑު މަސައްކަތްތަކެއް ކަމަށާއި އެގޮތުން އަންނަ އަހަރުގެ ނޮވެމްބަރު މަސްތެރޭ އެ މަސައްކަް އެއްކޮސް ނިމި ބަނދަރުގެ މަސައްކަތް ތިލަފުއްޓަށް ބަދަލުވެގެންދާނެ ކަމަށެވެ.

އެގޮތުން އެމަސައްކަތުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ އެންމެ މުހިންމު މަސައްކަތް ކަމަށްވާ 125 މީޓަރުގެ އިންޓަނޭޝަނަލް ކީވޯލްގެ މަސައްކަތް މިއަދު އެމްޕީއެލްއިން ބަޔަކާއި ހަވާލުކުރާނެކަމަށާއި، ޑޮމެސްޓިކް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމަށް ބޭނުންވާ 2 ކިލޯމީޓަރުގެ ކީވޯލްއާއި، ޕޭވްކުރުމާއި، އިމާރާތްތައް އެޅުމާއި އަދި އިކުއިޕްމަންޓް ހޯދުމަށް މިއަހަރުގެ މެދުތެރޭ އެކި ފަރާތްތަކަށް ހަވާލުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މި ހުރިހައި މަސައްކަތެއް ނިންމައި އަންނަ އަހަރުގެ ނޮވެމްބަރ 11 ވަނަ އަހަރު މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރެވިގެންދާނެކަމަށްވެސްރައީސްގެ ހިތާބުގައި ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *