އައްޑޫ އަކީ އައިޓީ އާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަ ހަބަކަށް އަންނަ އަހަރު ވެގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަހަރަށް އިއްވާ ރިޔާސީބަޔާން އިއްވަވަމުން ރައީސް ޑރ މުއިއްޒު ވިދާޅުވީ އައްޑޫ ހުޅުދު އާއި މީދޫ އަދި ޖުމްލަކޮށް މުޅި އައްޑު އަކީ ކުދި އަދި މެދު ފަންތީގެ ހާއްސަ ސަރަހައްދަކަށް ހަދައި، އެކަމަށް ބޭނުންވާ އެތައް ކަމެއް ފަހިކޮށް ދޭން ނިންމާފައިވާ ކަމަށާއި، އެކަމަށްޓަކައި ގާނޫނު ތަކަށާއި އަދި ފަންނީ ޓެކްނިކަލީ ގެންނަންޖެހޭ ބަދަލުތަކާއި ކުރަންޖެހޭ މަސައްކަތްތައް އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ތަންފީޒުވާން ފަށާނެ ކަމަށް ރައީސް ގެ ހިތާބުގައި ވިދާޅުވި އެވެ.
ރައީސްގެ ހިތާބުގައި މިއަދު ފާހަގަކުރެއްވީ މިހާރުވެސް އައްޑޫގައި ދުނިޔޭގެ އެންމެ ބޮޑު އައިޓީ އެއް ކުންދުނިން ޑާޓާ ސެންޓަރެއް ތަރައްގީކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އަދި ސަރިކާރުން ފަހި ކޮށްދޭ އިތުރު ފުރުސަތު ތަކާއެކު އައްޑޫ އައިޓީ އައިޓީ ހަބަކަށްވެ އެތައް ވަޒީފާތަކަކާއި ފުރުސަތުތަކެއް ހުޅުވި އިގުތިސާދީ ގޮތުން އެތައް ކުރިއެރުމެއް ލިބިގެން ދާނެ ކަމަށެވެ.