ތިލަފުއްޓަށް މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރުމަށް ކުރާ މަސައްކަތުގެ ފުރަތަަމަ މަރުހަލާގެ މަސައްކަތް ޗައިނާ ހާބާ އިންޖިއަރިން ކޮމްޕެނީ އާ ހަވާލުކޮށްފި އެވެ.
އެ މަސައްކަތް ޗައިނާ ހާބަ އިންޖިނިއަރިންގ އާ ހަވާލުކުރުމަށް އެމްޕީއެލްގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރިޝްވާން އެވެ. އަދި ޗައިނާ ހާބަރ އިންޖިނިއަރިންގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ފަރާތުން ރާއްޖޭގައި ހުންނަވާ ކަންޓްރީ މެނޭޖަރު މާއޯބާއޯ އެވެ.
ލޯކަލް ހާބާ ރިލީފް ޕްރޮޖެކްޓް ގެ ނަމުގައި އެމްޕީއެލް އިން ކުރިއަށް ގެންދާ އެ ޕްރޮޖެކްޓަކީ ތިލަފޫށީގެ 20 ހެކްޓަރުގެ އޭރިއާއެއްގައި ތަރައްގީ ކުރާ މަޝްރޫއުއެކެވެ. އެގޮތުން މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ތިލަފުށީ ޕޯޓް ގައި 125 މީޓަރުގެ މަގަތުފާލަމަކާއި އަތޮޅުތަކަށް މުދާ އުފުލާ ބޯޓްފަހަރު ގާތްކުރާނެ ސަރަހައްދަކާއި ކޮންޓެއިނަރުތައް ބަހައްޓާނެ ޖާގައާއި ބަނދަރުގައި ހަރުކުރާ ކްރޭން ބެހެއްޓުުން ވެސް ހިމެނޭ ކަމަށް އެކުންފުނިން ބުނެއެވެ.
މި މަޝްރޫއުގެ އިތުރު ތަފްސީލް ދެއްވަމުން އެ ކުންފުނިން ބުނީ ލޯކަލް ހާބާ ރިލީފް ޕްރޮޖެކްޓް ގެ ދަށުން ޑޮމެސްޓިކް ހާބާގެ ގޮތުގައި 650 މީޓަރުގެ ކީވޯލް އޭރިއާއެއްވެސް ހިމެނޭނެ ކަމަށާއި އަދި ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމުގެ މަސައްކަތް މުޅިން ނިމޭއިރު އެ ތަނުގައި ބޮންޑެޑް ވެއާހައުސްއެެއް ވެސް ހުންނާނެ ކަމަށް ބުނެފައި ވެއެވެ.
މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސް ޑރ މުއިއްޒު ވަނީ އަނަން އަހަރުގެ ނޮވެމްބަރު 11 ގައި ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމުގެ މަސައްކަތް އެއްކޮށްނިމިގެންދާނެ ކަމަށެވެ.