84 ފަތުރުވެރިންނާއެކު އައްޑޫއަށް ކުރޫޒްލައިނާއެއް އަތުވެއްޖެ

84 ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ކުރޫޒްލައިނާއެއް އައްޑޫއަށް ޒިޔާރަތްކޮށްފި އެވެ.

އައްޑޫއަށް ޒިޔާރަތްކުރި އެމްއެސް އައިލެންޑް ސްކައި ނަމަކަށްކިޔާ ކްރޫޒްލައިނަރ އަކީ ޝީޝެލްސް އިން ފުރައިގެން އައި ކުރޫޒްލައިނާރ އެކެވެ. މޯލްޑިވްސް އިމިގްރޭޝަނުން ބުނީ އެމްއެސް އައިލެންޑް ސްކައި ކްރޫޒްލައިނާއިން ރާއްޖެއަށް 84 ފަތުރުވެރިންނާއި، 81 ފަޅުވެރިން އައިސްފައިވާކަމަށާއި  އަދި އެ ކްރޫޒްލައިނާރ އަށް އިމިގްރޭޝަނުން ކްލިއަރެންސް ދީފައި ވާކަމަށެވެ.

އަދި އައްޑޫގެ އިތުރުން އައްޑޫގެ އިތުރުން ހއ. އުލިގަމު އަދި ހދ. މަކުނުދުއަށްވެސް މި ކްރޫޒްލައިނާ ބަނދަރުކުރާނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *