ހޮންކޮންގ އާއި ރާއްޖެއާ ދެމެދު ހޮންކޮންގުގެ ބަޖެޓް އެއާލައިންއެއްކަމަށްވާ ގްރޭޓާ ބޭ އެއާލައިނުން ސީދާ ދަތުރުތައް ފަށައިފި އެވެ.
އެ އެއާލކައިނުން ރާއްޖެއަށް ދަތުރުކުރި ފުރަތަމަ ފުޅައިޓަށް ވެލާނާ އެއާޕޯޓުން އިއްޔެ ވަނީ މަރުހަބާކިޔައިފައެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ މި މަހުގެ 25 އާއިހަމައަށް ކޮންމެދުވަހަކުވެސް 1 ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި އެ ދަތުރުތަކުގައި ބޭނުން ކުރާނީ ބޮއިން 800-737 މަރުކައިގެ މަތިންދާބޯޓް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.