ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފި

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.

2 އިންތިހާވު އެއްކޮށް ބޭއްވުމަށް ގާނޫނުއަސާސީއަށް  އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލު އެގޮތަށް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގައި އެބިލް ދިރާސާކުރި މިނިވަންމުވައްސަސާތަކާބެހޭ ކޮމެޓީން ފާސްކުރުމާ ގުޅިގެން ދެން އޮންނާނީ އެ ކޮމެޓީގެ ނިންމުމާއެއްގޮތަށް އެ ބިލު ރައްޔިތުންގެ މަޖިލޫހުގެ ޖަލްސާއަށް ހުށަހަޅައި އެ ބިލާ ބެހޭގޮތުން މަޖިލީހުން ގޮތެއް ނިންމުމެވެ.

އެ ބިލު ދިރާސާކޮށް ނިންމައި، މިއަދު ކޮމިޓީން ބިލަށް ވޯޓަށް އެހި އެވެ. އެ ވޯޓުގައި ބިލު އޮތް ގޮތަށް ފާސްކުރީ ކޮމިޓީއަށް މިއަދު ހާޒިރުވި މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

މި ބިލު ކޮމެޓީން ފާސްކޮސްފައިވާ ގޮތަށް މަޖިލީހުން ފާސްކޮށްފިނަމަ 2 އިންތިހާބު އެއްކުލުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގާނެ އެވެ. އަދި އެވޯޓް ކުރިއަށްއޮތް ލޯކަލް އިންތިހާބުގެ ވޯޓާއެކު ނެގުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *