ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނާއި ފިހާރަތަކުން ރޯދަމަހު ހިދުމަތްދެވޭނެ ގަޑިތައް ކަނޑައަޅައިފި

ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ރޯދަމަހު ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

އެގޮތުން ރޯދަމަހާއި 6 ރޯދައިގައި ކައިބޯ ތަކެތީގެ ޙިދުމަތްދޭތަންތަން ހުޅުވާފައި ބެހެއްޓޭނެ ކަމަށް ކަނޑައަޅާފައިވަނީ ކޮންމެ ދުވަހެއްގެ  ހަވީރު 5:30 އިން ފެށިގެން މެންދަމު 3:00 އާ ހަމައަށް ކަމަށެވެ. އެ މިނިސްޓްރީން ބުނީ މީގެ ތެރޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި 24 ގަޑިއިރު ޙިދުމަތް ދިނުމަށް ހުއްދަ ދޫކޮށްފައިވާ ތަންތަންވެސް ހިމެނޭނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އަދި ފިހާރަތައް ނުވަތަ މުދާ ވިއްކާ ތަންތަން ހުޅުވާފައި ހުނންނަންވާނެ ގަޑިތައް ކަމަށް އެ މިނިސްޓްރީން ކަނޑައލާފައިވަނީ ފަތިހު 5:30 އިން މެންދަމު 1:00 އާ ހަމައަށް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *