ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ޖަރުމަނުވިލާތަށް ވަޑައިގެންފި

ޖަރުމަނު ވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޖަރުމަނަށް ވަޑައިގެންފި އެވެ.

ރއީސްގެ މި ދަތުރުފުޅާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ޖަރުމަނުގެ ރައީސްގެ ދައުވަތަކަށް އެމަނިކުފާނު ކުރައްވާ މި ދަތުުފުޅުގައި ޖަރުމަނު ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށާއި އަދި ރަސްމީކޮށް އެމަނިކުފާނަށް މަރުހަބާދެންނެވުން މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން ބާލިންގައި ހުންނަ ހަމްބޮލްޓް ޔުނިވަސިޓީ އަށް ވަޑައިގެން މޫސުމީ ބަދަލަށް ހޭނުމުގައި ދިވެހިރާއްޖޭގެ ތަޖުރިބާ ހިއްސާ ކުރައްވައި އެ ޔުނިވަސިޓީގައި ތަޤުރީރުކުރައްވާނެ ކަމަށާއި އަދި ޖާމަން ކައުންސިލް ފޮ ފޮރިން ރިލޭޝަން އަށް ޒިޔާރަތް ކުރައްވައި އެތަނުގައި ވެސް ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި މި ދަތުރުގައި ޖަރުމަންގައި ބިޒްނަސް ފޯރަމެއް  ބާއްވަން ހަމަޖެހިފައިވާކަމަށާއި އެ ފޯރަމްގައި ރާއްޖޭގައި ވިޔަފާރިއާއި އިންވެސްޓްމަންޓްތަކަށް ހުރި ފުރުސަތުތަކުގެ ތަފްސީލު މަޢުލޫމާތު ދެއްވާނެ ކަމަށްވެސް ރައީސް އޮފީހުން ބުނެފައި ވެއެވެ..

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *