ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބެޢވުމަށްޓަކައި ގާނޫނުއަސާސީ ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ސަރުކާރުގެ ފަރާތުން އެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު އެވެ.
ފަލާހު ހުށަހެޅި މި ބިލު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީންވެސް ފާސްކޮށްފައިވަނީ ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް އެބިލު ފާސްކުރަން ފެންނަ ކަމަށެވެ. އެގޮތުން ކޮމެޓީގެ ނިންމުމާއެއްގޮތަށް މަޖިލީހުން މިއަދު މި ބިލް ފާސްކޮސްފައިވަނީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 73 މެންބަރުންގެ ތެރެއިން 72 މެންބަރުން ވޯޓުދެއްވައިގެންނެވެ. އެ ބިލު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވި ހަމަ އެކަނި މެންބަރަކީ އައްޑޫމީދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުއްރަހުމާނެވެ.
މި ބިލަށް ވޯޓަށް އެހި އިރު އެމްޑީޕީގެ މެންބަރުން ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރެފައިވާތީ އެ މެންބަރުންނަށް ވޯޓިުގައި ބައިވެރިވެވަޑައިގެނެވިފައެއް ނުވެއެވެ.