ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ގައުމީ ޙިދުމަތް ދައްކުވައިދޭ ޕްރެޒިޑެންޝަލް ލައިބްރަރީ އެންޑް އާކައިވް މަޝްރޫއު އިފްތިތާހުކުރުމަށް ނިންމައިފި އެވެ.
މައުމޫނު ފައުންޑޭޝަނުން ކުރިއަށްގެންދާ މި މަޝްރޫއުއާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ މި މަޝްރޫޢުގެ މަޤްޞަދުތަކާއި، ދުރު ރާސްތާގެ ތަސައްވުރު ހިމެނޭ ފުރިހަމަ ޕްރޮޕޯޒަލެއް މިހާރު ތައްޔާރުކުރެވިފައިވާ ކަމަށެވެ.
އަދި އެ މަޝްރޫއުގެ މަގްސަދަކީ އެމަނިކުފާނުގެ ގައުމީ ޚިދުމަތާއި ގުޅުންހުރި ކަންކަން ރައްކާތެރިކޮށް ގެނެސް ދިނުން ކަމަށާއި، އެގޮތުން އެމަނިކުފާނުގެ ތަގުރީރުތަކާއި، ލިޔެކިޔުންތަކާއި، ފޮޓޯތަކާއި، ފޮތްތަކާއި، ވީޑިއޯތަކާއި އަދި ތާރީޚީ ރެކޯޑުތައް އެއްކޮށް، ރައްކާތެރިކޮށް، މި މަޝްރޫއުގެ ދަށުން ޑިޖިޓަލް ކުރެވިގެންދާނެ ކަމަށެވެ.
އަދީ އޭގެ ސަބަބުން ދިރާސާކުރާ ފަރާތްތަކަށާއި، ދަރިވަރުންނަށާއި، އާންމު ރައްޔިތުންނަށްވެސް ފަސޭހައިން އެ ތަކެއްޗަށް އެކްސެސްވެވި މައުލޫމާތު ހޯދުމުގެ މަގު ފަހިވެގެންދާނެ ކަމަށްވެސް ވިދާޅޫވި ވެ.
މީގެ އިތުރުން އެ އާކައިވް އަކީ ދިވެހި ތާރީޚުގެ މުހިންމު ބާބެއް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭ ގައުމީ ވަސީލަތަކަށް ވެގެންދާނެ ކަމަށްވެސް ރައީސް މައުމޫނު ވިދާޅުވި އެވެ.