ރާއްޖެ އެތެރެކުރަންއުޅުނު 29 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން ހިފަހައްޓައިފި

ރާއްޖެ އެތެރެކުރަންއުޅުނު 29 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސަސްއިން ހިފަހައްޓައިފި އެވެ.

ކަސްޓަމްސް އިން ބުނީ ކަނޑުމަގުން ރާއްޖެއަށް ގެނައި މުދާ ޝިޕްމެންޓެއް، މިމަހުގެ 12 ވަނަ ދުވަހު ބަލައިފާސްކުރުމުގެ ތެރޭގައި، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. އަދި ފުރަތަމަ މަރުޙަލާގެ ޓެސްޓުތަކުން އެތަކެތި ވަނީ ހަޝިޝް އޮއިލްއަށް ޕޮޒިޓިވްވެފައި ކަމަށެވެ

އަދި އަތުލައިގަތް ހަޝިޝް އޮއިލްގެ ބަރުދަނުގައި 36.43 ކިޅޯ ހުރި ކަމަށާއި އެތަކެތީގެ މަގުމަތީ އަގު 29 މިލިއަން ރުފިޔާ އަށް އަރާ ކަމަށްވެސް ކަސްޓަމްސް ސާވިސަސް އިން ބުނެފައި ވެއެވެ. މީގެ އިތުރުން މިމައްސަލަ އިތުރަށް ތަޙުޤީޤުކުރުމަށްޓަކައި، އަތުލެވުނު މަސްތުވާތަކެތި ވަނީ ދިވެހި ފުލުހުންނާ މިހާރު ހަވާލުކޮށްފައިވާ ކަމަަށްވެސް ކަސްޓަމްސް އިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *