ކުޑަ ފިރިހެން ކުއްޖަކު ގްރޫމްކޮށް، އެކްސްޕްލޮއިޓްކޮށް އެ ކުއްޖާއަށް ޖިންސީގޯނާކުރި ކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ 15 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ގްރޫމްކޮށް، އެކްސްޕްލޮއިޓްކޮށް އެ ކުއްޖާއަށް ޖިންސީގޯނާކުރި ކަމުގެ ތުހުމަތުގައި ފާޠިމަތު ރީމާ ކިޔާ 35 އަހަރުގެ އަންހެނަކު ހައްޔަރުކޮށްްފައިވާ ކަމަށެވެ.
އަދި އޭނާ ހައްޔަރުކޮށްފައިވަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި ކްރައިމް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 2025 ޑިސެމްބަރ 29 ވަނަ ދުވަހު ކަމަށާއި، އޭނާ ހައްޔަރުކޮށްް، ބަންދުގައި ބެހެއްޓުމުގެ އަމުރަށްއެދި ކޯޓަސް ގެންދިއުމުން މިމަހުގެ 28 އާއި ހަމައަށް އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮސްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ. ނަމަވެސް އެ އަންހެންމީހާ އަކީ ކޮންރެށެއްގެ އަދި އަދި އެ އަންހެން މީހާ ހައްޔަރުކޮސްފައިވަނީ ކޮން ރަށަކުން ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.