ބަނގުލަދޭޝްގެ އައު ބޮޑުވަޒީރު ހުވާކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ މުއިއްޒު ބައިވެރިވެވަޑައިގެންފި

ބަނގުލަދޭޝްގެ އައު ބޮޑުވަޒީރު ހުވާކުރުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ މުއިއްޒު ބައިވެރިވެވަޑައިގެންފި އެވެ.

ރައީސް ޑރ މުއިއްޒު ވަނީ ބަނގުލަދޭޝްގެ އައު ބޮޑުވަޒީރު ތާރިޤް ރަޙްމާން މަގާމާ ހަވާލުވެ ހުވާކުރެއްވުމުގައި ރަސްމިއްޔާތުގައި ބައިވެރިވުމުގެ ފުރުސަތު އެގައުމުން އެމަނިކުފާނަށް ދެއްވީތީ އެގައުމުގެ އައު ބޮޑުވަޒީރު ތާރިޤް ރަޙްމާން އަށް އަދާކުރައްވައި އެމަނިކުފާނު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ޑރ މުއިއްޒު ބޮޑުވަޒީރު ރަޙްމާންއާ ބައްދަލުކުރައްވައި، އެމަނިކުފާނަށާއި އާ ސަރުކާރަށް ވަރަށް އިޚްލާޞްތެރި ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.

އަދި ރާއްޖެއާއި ބަންގްލަދޭޝްއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުން، ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *