މަގު ފުޅާކުރުމުގެ މަސައްކަތް ނިންމައި މާލޭ އުތުރު ފަރާތު ފަޅު އުޅަނދުތަކަށް ހުޅުވާލައިފި

މަގު ފުޅާކުރުމުގެ މަސައްކަތް ނިންމައި މާލޭ އުތުރު ފަރާތު ފަޅު އުޅަނދުތަކަށް ހުޅުވާލައިފި އެވެ.

މާލޭ އުތުރުފަރާތު ފަޅު މިހާރު ބަލަހައްޓަމުން އަން މޯލްޑިވްސް ޕޯރޓުސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފައިވަނީ މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ކުރުމަށް ހުސްކޮށްފައިވާ މާލޭ ނޯތު ހާބަރ ސަރަހައްދު މުދަލާއި ޕަސެންޖަރުން އުފުލާ ކަނޑު އުޅަނދު ފަހަރާއި މަސް އޮޑި ފަހަރަށް 18 ފެބްރުވަރީ 2026 (ބުދަ) ދުވަހުގެ ރޭ 23:00 އިން ފެށިގެން ހުޅުވާލާ ފައިވާ ކަމަށެވެ

އަދި މި ސަރަހައްދުގައި ބަނދަރުކުރެވޭނީ މާލޭ ނޯތު ހާބަރުގައި އަމަލުކުރާ އުސޫލުތަކާއި ގަވާއިދުތަކަށް ފެތޭ އުޅަނދުފަހަރަށް އެކަނި ކަމުގައި އެ ކުންފުނިން ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *