އަނެއްކާވެސް ނުރައްކާތެރިމިންވަރަށް ވައި ނުސާވުމާގުޅިގެން ރެޑް އެލާޓް ނެރެފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވަނީ ނުރައްކާތެރި މިންވަރަށް ވައި ނުސާފުވެ "ރެޑް އެލާޓު"ގެ ހާލަތަށް ވައިނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކުރާ ކަމަށާއި އަދި މެޓް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ބޮޑު ސަރައްހައްދަކަށް މިއަދު ދުންފުހުގެ އަސަރުކުރާނެ އެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސަސް ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ރާއްޖޭގެ ބޮޑު ސަރައްޙަދުތަކަށް ދުންފުހުގެ (Haze) އަސަރުކުރާނެ. މިކަމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވާ!
ވައި ސާފު މިންވަރު ބެލުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް… pic.twitter.com/VJbzc4wSjK
— Health Protection Agency (@HPA_MV) February 19, 2026
މިއަދު މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ މިވަގުތު ހުރީ 154 ގަ އެވެ. ވައިގެ ސާފުމިން 151-200 އާ ދެމެދުގައި ހުންނަ ނަމަ ނެރެނީ ރެޑް އެލާޓެވެ. އަދި އެމިންގަނޑަކީ އެންމެންނަށް ވެސް ސިއްހީ ނުރައްކާ ކުރިމަތިވެދާނެ މިންގަނޑެއްކަމްށް އެއާ ކޮލިޓީ އިންޑެކްސްގައި ބުނެއެވެ.