ޕީއެންސީގެ ލީޑަރުގެ ހައިސިއްޔަތުން ރައީސް ޑރ މުއިއްޒު، އެޕާޓީ ކެނޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ކުރިއަށްގެންދިޔަ ޑޯޓުޑޯ ހަރަކާތުގައި ބައިވެރިވެ ވަޑައިގެންފި

ޕީއެންސީގެ ލީޑަރުގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު، އެޕާޓީ ކެނޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ކުރިއަށްގެންދިޔަ ޑޯޓުޑޯ ހަރަކާތުގައި ބައިވެރިވެ ވަޑައިގެންފި އެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުންގެ ތާއީދު ޕީއެންސީއަށް ހޯދުމަށް ކުރިއަށް ގެންދާ ޑޯޓުޑޯ ހަރަކާތުގައި ރައީސް ޑރ މުއިއްޒު ވަނީ މާފަންނު ހުޅަނގު ދާއިރާގެ ބައެއް ގޭގެއަށް މިއަދުގެ ޑޯޓުޑޯ ކެންޕޭނުގައި ވަޑައިގެން އަދި މަގުމަތިން ގިނަ ޢަދަދެއްގެ ރައްޔިތުންނާ ބައްދަލުކުރައްވައި ހާލު ބައްލަވާފައެވެ.

މިދަުގެ ޑޯޓްޑޯ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ދައުލަތުގެ ވަޒީރުންނާއި ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުން، އަދި ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލާއި، މާލެ ސިޓީ ކައުންސިލަށާއި އތމ ކޮމެޓީއަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓުންނާއި ރައްޔިތުން މަޖިލީހުގެ ޕީއެންސީ ޕާލަމެންޓްރީ ގުރޫޕުގެ ބައެއް މެންބަރުންވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *