ޖަނަވަރީ މަހުގެ ނިއަލަށް ރަސްމީ ރިޒާވް .1.03 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
އެ އޮޓޯރިޓީން ނެރެފައިވާ މިއަހަރުގެ ޖަނަވަރީގެ ނިޔަލަށް ރިޒާވަށް އައިސްފައިވާ ބަދަލުތަކުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރީ 983.04 މިލިޔަން ޑޮލަރެވެ. ނަމަވެސް މި އަހަރުގެ ޖަނަވަރީ މަސް ނިމުނުއިރު އެ އަދަދު ވަނީ 1.03 ބިލިޔަން ޑޮލަރަށް މަތި ވެފައެވެ.
މީގެ އިރުތުން އެމްއެމްއޭ އިން ބުނެފައިވަނީ ރަސްމީ ރިޒާވް އިތުރުވެފައިވާއިރު، ބޭނުން ކުރެވޭ ރިޒާވް ވެސް އިތުރުވެފައިވާ ކަމަށެވެ.
އެގޮތުން މިދިޔަ އަހަރު ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި ހުރީ 244.1 މިލިޔަން ޑޮލަރު ކަމަށާއި ނަމަވެސް މި އަހަރުގެ ޖަނަވަރީ މަސް ނިމުނުއިރު އެއަދަދު 301.4 މިލިޔަން ޑޮލަރަށް ވަނީ އަރާފައެވެ. އެހެންކަމުން މިއީ އެހެން ކަމުން މިއީ 25 އިންސައްތައިގެ ކުރިއެރުމެކެވެ.
އެ އޮޓޮރިޓީން ބުނެފައިވާގޮތުން ބޭނުން ކުރެވޭ ރިޒާވު މީގެ 2 އަހަރު ކުރިން ހީނަރުވުމަށް ފަހު މިދިޔަ އަހަރުން ފެށިގެން އަންނަ ހެޔޮ ބަދަލާއެކު މިވަރަށް މައްޗަށް ޖެހިލި މިއީ ފުރަތަމަ ފަހަރެވެ.