ޑީއާރުޕީގެ ދަރަނި ދައްކަން ކާނަލް ނަޝީދުގެ މައްޗަށް ހުކުމްކޮށްފި

ރާއްޖޭގައި ދެވަނަ އަށް އުފެއްދި ޕާޓީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމަދު އާމިރަށް ދައްކަންޖެހޭ 4 މިލިއަން ރުފިޔާގެ ދަރަނި އެޕާޓީ އުވާލި އިރު އެ ޕާޓީގެ އެންމެ އިސް މަގާމުގައި ހުންނެވި މީހެއްގެ ހައިސީއްޔަތުން ކާނަލް ނަޝީދުގެ ދައްކަން ޖެހޭނެ ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ސިވިލްކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެންބަރުކަން ކުރައްވާ އަޙްމަދު އާމިރުގެ ޕްރޮޑަކްޝަން ކުންފުންޏަކުން 2007 ވަނަ އަހަރުން ފެށިގެން 2009 އާ ހަމައަށް އެޕާޓީގެ ބައެއް ހަރަކާތްތައް ވީޑިއޯ ކުރުމާއި އެޑިޓް ކުރުމާއި އަދި މީޑިއާ ސާމާނު ފޯރުކޮށްދީގެން އެ ޕާޓީއަށް އެ ކުންފުނިން ފޯރުކޮށްދީފައިވާ ހިދުމަތްތަކަށް 4.04 މިލިއަން ރުފިޔާ އެ ޕާޓީން ދައްކަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ޑީއާރުޕީ އުވާލިއިރު އެޕާޓީގެ ދަރަންޏަށް ޒިންމާވާންޖެހޭނީ އެ ޕާޓީ އުވާލިިއިރު އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުރި މީހާ ކަމަށެވެ. އެހެންކަމުން އާމިރުގެ ފަރާތުން ހުށަހަޅާފައިވާ ތަންފީޒީ މައްސަލާގައި ބުނެފައިވަނީ އެ ފައިސާ ޑީއާރުޕީ އުވާލިއިރު އެ ޕާޓީގެ އެންމެ އިސް ފަރާތެއްގެ ހައިސިއްޔަތުން ހުންނެވި ކާނަލް ނާޒިމް ގެ ފަރާތުން ހޯދުމަށް އެދިފައެވެ.

އެހްނަކމުން އެ ދައުވާއަށް ކާނަލް ނަޝީދުގެ ފަރާތުން ޖަވާބުދާރީވެފައިނުވާތީ، ގައިރު ހާޒިރުގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައި ވަނީ 4.04 މިލިއަން ރުފިޔާއަކީ އާމިރަށް ލިބެންޖެހޭ ފައިސާ ކަމަށާއި އެ ފައިސާ 14 ދުވަސް ތެރޭގައި ދައްކައި ހަލާސް ކުރަން ނަޝީދުގެ މައްޗަށް ހުކުމްކޮށްފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *