އެމްޑީޕީ ދެން ކޮޅަށް ނުޖެހޭނެ ކަމަށް ވިދާޅުވެ އެމްޑީޕީ ދޫކޮށްލުމަށްފަހު އާ ސިޔާސީ ޕާޓީހެދުމަށް ޕީއެންސީގެ ޕީޖީ ލީޑަރ ފަލާހު ގޮވާލައިފި

އެމްޑީޕީ ދެން ކޮޅަށް ނުޖެހޭނެ ކަމަށާއި، އެ ފާޓީ ދޫކޮށްލުމަށްފަހު އާ ސިޔާސީ ޕާޓީހެދުމަށް އެމްޑީޕީގެ މެންބަރުންނަށް ރިކަންކުރާ ޕްރޮގްރެސިވް ޕާޓީ (ޕީއެންސީ) ގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހިމް ފަލާހް ގޮވާލައްވައިފި އެވެ.

12 މެންބަރުންގެ މުސާރަ އުނިވާތީ އިދިކޮޅު އެމްޑީޕީން 2 އިންތިހާބު އެއްކޮޅަށް ދެކޮޅުހަދަމުންދާކަމަށް ވެރިކަންކުރާ ޕްރޮގްރެސިވް ޕާޓީ (ޕީއެންސީ) ގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އިބްރާހިމް ފަލާހް ވިސާޅުވެއްޖެ އެވެ.

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް އިންތިހާބުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ޕީއެންސީ ޓިކެޓުގައި ގދ. ތިނަދު އަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ މާލޭގެ ކެމްޕެއިން ޖަގަހަ ހުޅުވަން ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މެމްބަރު ފަލާހު ވިދާޅުވީ ރާއްޖޭގައި މިހާރު އިިދިކޮޅު ޕާޓީއެއް ނެތް ކަމަށާއި ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމުތަކުން އެކަން އެނގޭ ކަމަށެވެ.

އިތުރަށް ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ އެމްޑީޕީން އެ އިންތިހާބުގައި 450 ގޮނޑިއަކަށް ވާދަނުކުރާ ކަމަށެވެ. އެހންކަމުން އިންތިހާބުގެ 30 އިންސައްތައިގަ އެމްޑީޕީން ބައިވެރިވެފައި ނުވާ ކަމަށާއި، މިހާރު ވެސް އެމްޑީޕީ އެ އިންތިހާބުން ބަލިވެފައިވާ ކަމަށެވެ.

އެހެންކަމުން މި ވަރުން އެމްޑީޕީން ވެސް އެ ޕާޓީއަށް މިހާރު ދިވެހި ރައްޔިތުންގެ ތާއީދު ނެތްކަން ވިސްނަންޖެހޭ ޖެހޭ ކަމަށާއި، ޒިންމާދާރު މަސައްކަތްތަކެއް ކުރާ އިިދިކޮޅު ޕާޓީތައް ރާއްޖެ އަށް ބޭނުންވާ ކަމަށެވެ.

އަދި އެމްޑީޕީއަށް އެހެންދިމާވީ 2008 އިން ފެށިގެން އެ ޕާޓީން ރާއްޖޭގެ އިޖުތިމާއީ ފޭރާމާ އިގުތިސާދާއި، ހަދާފައި ހުރި ދޮގުތަކާއި، މި ގައުމަށް ދީފައިހުރި ބޮޑެތި ގެއްލުންތަކުގެ ސަބަބުން ކަމަށާއި، އެކަންކަން އެހެން ހުރުމުން ދެން އެ ޕާޓީ ނަގައި އަޅުން ކޮޅަށް ނުޖެހޭނެ ކަމަށާއި ދެން އެމްޑީޕީގެ މެންބަރުންނަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ އާ ސިޔާސީ ޕާޓީއެއް އުފެއްދުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *