ޓިކްޓޮކްގައި އިސްލާމް ދީނަށް ފުރައްސާރަކުރި މީހަކު ހޯދަން އިއުލާނުކޮށްފި

ޓިކްޓޮކްގައި އިސްލާމް ދީނަށް ފުރައްސާރަކުރި މީހަކު ހޯދަން އިއުލާނުކޮށްފި އެވެ.

ފުލުހުން ބުނެފައިވަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި އިސްލާމް ދީނަށް ތައުހީނުކޮށް، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާފަދަ ވާހަކަ ދެއްކުމާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ ނައްތާލުމަށް ގޮވާލައި ވާހަކަ ދައްކާފައިވާ މައްސަލައެއް އެ މުވައްސަސާއިން ތަހުގީގުކުރަން ފަށާފައިވާ ކަމަށެވެ.

އަދި އެ މައްސަލަ އާއި ގުޅިގެން ހ. ފިލިކުރިގެ / މާލެ އަޙްމަދު ޢާމިރު (51އ)، ހާޒިރުކުރަން ބޭނުންވެ  އޭނާ އުޅޭ ވަކިތަނެއް ފުލުހުންނަށް ހޯދިފައިނުވާތީ ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް އޭނާ ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފައިވާ ކަމަށްވެސް ފުލުިހުން ވަނީ ބުނެފައެވެ.

އޭނާ ހާޒިރުވާން އަންގާފައިވަނީ 2026 މާރިޗު 10 ވަނަ ދުވަހުގެ 16:00 އަށް ސާޖަންޓް އާދަމް ޙަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *