56 ރަށަކަށް އެމްބިއުލާންސް ފޯރުކޮށްދީފި އެވެ.
2025 ވަނަ އަހަރު ހެލްތު މިނިސްޓްރީން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ހަވާލުކޮށްްގެން ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ކުރިއަށްގެންދިޔަ މި މަޝްރޫއު ދަށުން އެމްޕީއެލް އިން 56 އެމްބިއުލަންސް ގެނެސް އަތޮޅު ތެރޭގެ ރަށްތަކަށް މި އެމްބިއުލަންސްތައް ރަށްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް އެ ކުންފުނިން ފަށާފައިވަނީ 17 ޖަނަވަރީ 2026 ގައެވެ.
މި އެމްބިއުލާންސްތަކުގެ އިތުރަށް މިއަހަރުގެ ތެރޭގައި އިތުރު 31 އެމްބިއުލާންސްތަކަކާއި، މާލޭ ސަރަހައްދާއި ސިޓީތަކުގައި ޕެރަމެޑިކް ޚިދުމަތް ދިނުމަށް އެތަންތަނަށް ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލާންސް ވެސް ފޯރުކޮށްދީ ޙިދުމަތް ފެށިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.