ގީލާ އަލީ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ޑެންމާކުގެ ރަސްގެފާނު 'ފްރެޑްރިކް އެކްސް' އަށް އަރުއްވައިފި

ރާއްޖެއިން ޑެންމާކަށް ކަނޑައެޅުއްވި އާ ނޮން-ރެސިޑެންޓް ސަފީރު، ގީލާ އަލީ އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ޑެންމާކުގެ ރަސްގެފާނު ފްރެޑްރިކް އެކްސް އަށް އަރުއްވައިފިއެވެ.

ކޯޕަންހޭގަންގައި ހުންނަ ކްރިސްޓިއަންސްބޯގް ޕެލަސްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރާއްޖެއިން އެ ގައުމަށް ކަނޑައެޅުއްވި ސަފީރުކަމުގެ ފަތްކޮޅު ރަސްގެފާނަށް އެރުވުމަށްފަހު އެ ރަސްމިއްޔާތުގައި ސަފީރު ގީލާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ޑެންމާކުގެ ސަރުކާރަށާއި ރައްޔިތުންނަށް ހެޔޮއެދުންތަކާއި ތަހުނިޔާ ރައްދު ކޮށްދެއްވާފައެވެ.

އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހި ސަރުކާރުން ދޭ އަހައްމިއްޔަތުކަން ފާހަގަކުރައްވައި، މި މަސައްކަތުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އާ ހަރުފަތަކަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަންވެސް އެކަމަނާ ވަނީދެއްވާފައެވެ.

ރާއްޖެއާއި ޑެންމާކްއާ ދެމެދު ޙާރިޖީ ގުޅުން ޤާއިމު ކޮށްފައިވަނީ، 8 ނޮވެންބަރު 1982 ގައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *