ތިލަމާލެ ބުރިޖް ހަދާ ސަރަހައްދުން ކަނޑުއުޅަނދު ހުރަސްނުކުރުމަށް އަންގައިފި އެވެ.
އެކަން އެންގުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މާލެ އާއި ތިލަފުއްޓާއި ދެމެދުގައިވާ ތިން ޗެނަލްގައި ތިލަމާލެ ބްރިޖުގެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށާއި، އެހެންކަމުން މާލެ އާއި ވިލިމާލެ، ވިލިމާލެ އާއި ގުޅިފަޅު އަދި ގުޅިފަޅާއި ތިލަފުށި ކަނޑުއޮޅި ހުރަސްކޮށް ދަތުރު ނުކުރަން ކަނޑު އުޅޚަދުފަހަރު ދުއްވާ ފަރާތްތަކަށް އަންގާ ކަމަށެވެ.
އަދި މީގެ ކުރިން 2024 ވަނަ އަހަރުގެ މާރިޗް 3 ވަނަ ދުވަހުވެސް އެ 3 ކަނޑުއޮޅިން އުޅަނދުފަހަރު ދަތުރުނުކުރުމަށް އަންގައި އިއުލާނުކޮށްފައިވާނެ ކަމަށާއއެހެންކަމުން އެ ސަރަހައްދުތަކަކީ ކަނޑު އުޅަނދު ފަހަރު ދުއްވުމަށް ބަންދުކޮށްފައިވާ ސަރަހައްދުތަކަކަށްވާތީ އެ ސަރަހައްދުން ކަނޑު އުޅަނދުފަހަރު ދަތުރު ނުކުރުމަށް އާންމުކޮށް އަންގާ އިއުލާން ކުރާ ކަމަށް މިއަދުގެ އިއުލާނުގައި ބުނެފައި ވެއެވެ.