މިނިސްޓަރު އިހުސާނުގެ އަނބިކަނބަލުންނާއި ދަރިފުޅުގެ ވީޑިއޯ ނަގައި ފުރައްްސާރަ ކުރިކަމުގެ ތުހުމަތު އަކުރަމާއި އިބްރާހިމް ވަހީދުގެ މައްޗައް!

ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު، ހޯމް މިނިސްޓަރު އަލީ އިހުސާންގެ އަނބިކަނބަލުންނާއި ދަރިފުޅުގެ ވީޑިއޯ ނަގައި ފުރައްސާރަ ކުރި ކަމަށް މިނިސްޓަރު ތުހުމަތުކުރައްވައިފިއެވެ.

ސީސީޓީވީ ފުޓޭޖަކާ އެކު، މިނިސްޓަރު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ، އިބްރާހިމް ވަހީދާއި އަކްރަމް, އޭނާގެ އަނބިކަނބަލުންނާއި ދިހަ އަހަރުގެ ދަރިފުޅު މަގުމަތިން ދަނިކޮށް ވީޑިއޯކޮށްފައިވާ ކަމަށެވެ.

ވީޑިއޯއިން ފެންނަނީ، މާލޭގެ މަގެއް މަތިން އަންހެނަކާއި ކުޑަ ދެ ކުދިން ދާ މަންޒަރެވެ. އެއް ކުއްޖަކު ބައިސްކަލެއްގައި ދިޔައިރު، ކައިރީގައި ފިރިހެނަކު ހުންނަ މަންޒަރު ފެނެއެވެ.  ވީޑިއޯއިން ފެންނަ ގޮތުގައި، އިބްރާހިމް ވަހީދު ވީޑިއޯއެއް ނަގާއިރު، އަކްރަމް ކައިރީގައި ހުންނަވައެވެ. އަދި، އިތުރު މީހަކު އެ ދެމީހުން ކައިރީ ސައިކަލެއްގައި މަޑުކޮށްލައިގެން އިންނަ މަންޒަރު ވީޑިއޯއިން ފެނެއެވެ.

 

 

މިނިސްޓަރު އިހުސާން ވިދާޅުވީ، ޑިމޮކްރެސީއާއި އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކުގެ ހިމާޔަތުގައި ވަކާލާތުކުރާ ބަޔަކު އެފަދަ 'ދަށު ދަރަޖައިގެ' ކަންކަން ކުރުމަކީ ހިތަމާހުރި ކަމެއް ކަމަށެވެ

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *