ރާއްޖެއާ މޮރިޝަސް އާ ދެމެދު އޮތް ހާރިޖީ ގުޅުން ސަސްޕެންޑްކުރަން އެގައުމުގެ ސަރުކާރުން މިއަދު ނިންމައިފި އެވެ.
ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް ރާއްޖޭން ގަބޫލުކުރަން މިހާރު ދެކޮޅު ހަދައި، އިނގިރޭސި ސަރުކާރާ އެކު އެކުލަވައިލަން މަސައްކަތްކުރާ އެއްބަސްވުމަށް ވެސް ރާއްޖޭން އިއުތިރާޒު ކުރާކަން ފާހަގަކޮށް މޮރިޝަސްގެ ކެބިނެޓުގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ރާއްޖެއާއެކު އޮތް ހާރިޖީ ގުޅުން ސަސްޕެންޓްކުރަން ނިންމާފައެވެ.
އަދި އެއަށްފަހު އެގައުމުގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ކެބިނެޓްގެ އެ ނިންމުމާއެކު މި ވަގުތުން ފެށިގެން ރާއްޖެއާ އެކު އޮތް ހާރިޖީ ގުޅުން ސަސްޕެންޑު ކޮށްފައިވާ ކަމަށެވ.