އިސްރާއީލާއި އެމެރިކާއިން އީރާނަށް ހަމަލާދޭން ފެށުމާ ގުޅިގެން އިރާނުން އެމެރިކާގެ ބޭސްތަކަށާއި އިސްރާއީލަށް ހަމަލާދޭންފަށާފައިވާތީ މެދުއިރުމަތިން ރާއްޖެ އަށް އަންނަ ހުރިހާ ފްލައިޓެއް ކެންސަލްވެއްޖެ އެވެ.
މެދު އިރުމަތީ މިއަދު ފަށާފައިވާ ހަނގުރާމައާއި ގުޅިގެން މެދުއިރުމަތީގެ ވައިގެ ސަރަހައްދު ބަންދުކޮސްފައިވާތީ ރާއްޖެއަށް ދަތުރުކުރަން އޮތް 9 ފްލައިޓެއް މިއަދު ކެންސަލް ކޮސްފައިވާއިރު މެދުއިރުމަތީގައި ބޮޑު ހަނގުރާމައެއް ފެށުމުގެ ބިރު މިހާރުވަނީ އުފެދިފައެވެ.
އިސްރާއިލާއި އެމެރިކާއިން އިސްވެ އިރާނަށް ދޭންފެށި ހަމަލާތަކާ ގުޅިގެން އިރާނުންވަނީ އިސްރާއީލަށާއި ގަތަރުގައި ހުންނަ އެމެރިކާގެ ބޭސް ޢާއި ސައުދީ އަރަބިއްޔާ އަދި ޖޯޑަންގައި ހުންނަ އެމެރިކާގެ ބޭސްތަކަށް ހަމަލާދޭން ފަށާފައެވެ.
ޔޫރަޕާއި އޭސިއާގެ ބައެއްގައުމުތަކުން ރާއްޖެއަންނަ އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އަންނަނީ ދުބާއީ އާއި ގަރަރުގެ މަގުން ކަމަށްވާތީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މިއަދު ވަނީ ވަރަށްބޮދަށް ދަށްވެފައެވެ.




