އިރާނަށް އެމެރިކާ އިޒްރޭލުން ދިން ވައިގެ ހަމަލާތަކާއެކު، އިރާނުން މިއަދު ފުލުފުލުގައި ރައްދު ހަމަލާތަށް ދޭންވަނީ ފަށާފައެވެ.
މިހާތަނަށް ލިބުނު މަޢުލޫމާތަށް ބަލާއިރު، އިރާނުގެ އަސްކަރީ ލީޑަރޝިޕްގެ އެއްވެސް ބޭފުޅަކަށް އަނިޔާއެއް ނުވެ ގަދަވެ ސަލާމަތުން ތިބިކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މީގެ ތެރޭގައި އިރާނުގެ އަސްކަރީ ތަޖުރިބާކާރު ކޮމާންޑަރުންވެސް ހިމެނެއެވެ.
އިރާނުގެ ދައުލަތުގެ މައި މީޑިއާއިންވަނީ، ދާދި ދެންމެއަކު އީރާނުގެ ސިފައިން ޔޫސް އަބްރަހަމް ލިންކޮށް އަށް ހަމަލާދިނުމަށް ހައިޕަރސޮނިކް މިސައިލްގެ ލަޝްކަރެއް ފޮނުވާފަވާތީވެ، އޭގެ ލޮކޭޝަން މިހާރު ބަދަލުކޮށް ޕާސިއަން ގަލްފުގެ ފުދޭ ވަރަކަށް ފަހަތަށް ޖައްސާލާފައިވާކަމަށް ރިޕޯޓުތަށް ބުނެފައިވެއެވެ.
އިރާނުން އެމެރިކާގެ ބޭސްތަކަށް މިސައިލްގެ ވާރޭ އޮއްސަމުންދާއިރު، މިއީ އަދި މިހާތަނަށް އެއްވެސް ގައުމަކަށް ކުރެވުނު ކަމެއް ނޫނެވެ. އިޒްރޭލުގެ މެދުތެރޭ ތެލްއަވީވަށްވެސް ކެނޑިނޭޅު އިރާނުން ހަމަލާދެމުން އަންނައިރު، އިޒްރޭލަށް ލިބޭ ގެއްލުމެއް މީޑިއާ ނުކުރަންވަނީ އެމީހުންގެ ވެރިންވަނީ ރައްޔިތުންނަށް އިންޒާރުދީފައެވެ.
އީރާނުގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް ބުނެފަވާ ގޮތުގައި، ހަނގުރާމައިގެ ވަކި ހިސާބަކުން، އެމެރިކާއަށް ހަނގުރާމައިގެ ކޮންޓްރޯލް ގެއްލޭނެކަމަށާއި، އިރާނަށް ޙަމަލާދިނުމަކީ މޮޔަކަމެއް އެމެރިކާގެ ވެރިންނަށް އެނގޭނެކަމަށެވެ.