މިއަދުގެ ވަގުތެއްގައި އިޒްރޭލާއި އެމެރިކާއިން، އިރާންއަށް ދޭން ފެށި ޙަމަލާތަކާއެކު، އިރާނުންވަނީ ލަސްނުކޮށް އަމިއްލަ ދިފާޢުގައި ރައްދު ހަމަލާތަށް ދެމުންނެވެ.
އެމެރިކާއިން އެންމެ ފުރަތަމަވެސް ހަމަލާދީފަވަނީ އީރާނުގެ ރޫހާނީ ލީޑަރ އަދި ރައީސް އަވަހާރަކޮށްލުމުގެ ޙަމަލާއެކެވެ. އެހެން ނަމަވެސް، ދުރާލައި އިރާނުގެ އަސްކަރިއްޔާއިންވަނީ އެފަރާތްތަށް މައުލޫމާތު ނޭނގޭ ރައްކާތެރި ލޮކޭޝަނަކަށް ބަދަލުކޮށްފައެވެ.
އިރާނުގެ އަސްކަރިއްޔާއިން ރައްދުގައި ކުވައިތާއި ބަޙްރައިން އަދި އުރުދުންގައި ހުރި އެމެރިކާގެ ބޭސްތަކަށް ޙަމަލާދީ އެއްކޮށްހެން މިހާރު އެބޭސްތަށް ފުނޑާލައިފިއެވެ. އިރާނުގެ ވަރުގަދަ ހައިޕަރ ސޮނިކް މިސައިލްތަށް ހުއްޓުވަން އުރުދުންއިން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، ޔޫއޭއީ އާއި ސައުދީ އަރަބިއްޔާ އަދި ގަތަރުގެ އެމެރިކާ ސިފައިންގެ ބޭސްތަކަށްވެސް އިރާނުން ހަމަލާދީފައިވެއެވެ.
އެހެން ނަމަވެސް، އަދި ލިބުނު ގެއްލުންތަކެއް މާބޮޑަށް ސާފެއްނުވެއެވެ. ބޭރުގެ ބައެއް މީޑިއާތަކުން ބުނާގޮތުގައި، އެމެރިކާގެ އެއަރކްރާފްޓް ކެރިއަރ އަބްރަހަމް ލިންކޮން އަށް އަމާޒުކޮށް ކުރިއަށް މިއޮތް 24 ގަޑިއިރުތެރޭ އިރާނުގެ އަސްކަރިއްޔާއިން ޙަމަލާދޭނެއެވެ.
އިރާނުންކުރިންވެސް ވަނީ އެމެރިކާގެ އެއަރކްރާފްޓް ކެރިއަރ ފައްތާލާނެކަމުގައި ބުނެ އިންޒާރުދީފައެވެ. ލުބުނާނުގެ ޙިޒްބުއްﷲ އަދި ޔަމަނުގެ ހޫތީންނާއި އިރާގާއި ސީރިޔާގައި ތިބި އިރާނުގެ މަދަދު ލިބޭ ހަނގުރާމަވެރި ޖަމާޢަތްތަކުންވެސް، އެމެރިކާގެ ބޭސްތަކަށް މެދު ކެނޑުމެއްނެތި ޙަމަލާތަށް ދެމުން އަންނަކަމަށް ރިޕޯޓުތަށް ބުނެފައިވެއެވެ.




