ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކުން ފުރަންދިއުމުގެ ކުރިން ދަތުރާ ގޫޅެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް މޯލްޑިވްސް އެއާޕޮޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އިލްތިމާސްކޮށްފި އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމެޕެނީ (އެމްއޭސީއެލް) އިން ނެރެފައިވާ ޓްރެވަލް އެޑްވައިޒަރީގައި ބުނެފައިވަނީ މެދުއިރުމަތީގެ ގިނަ ގައުމުތަކެއްގެ ވައިގެ ސަރަހައްދު ވަގުތީގޮތުން ބަންދުކޮށްފައިވާތީ، އެސަރަހައްދު ގައުމަތަކަށް ދަތުރުކުރައްވާ ފަރާތްތަކުން އެއާޕިޓަށް ދިއުމުގެ ކުރިން އެ ޕަސިންގަރަކު ފުރަން ހަމަޖެހިފައިވާ ފުލައިޓާ ގުލޭ މައުލޫމާތު އެއާލައިންގެ ވެބްސައިޓާއި ޓްއަރ އޮޕްރޭޓަރ މެދުވެރިކޮށް ހޯދުމަށް ދަންނަވާ ކަމަށެވެ.
އެގޮތުން ޕަސެންޖަރުން ސަމާލުކަންދޭންޖޭ ކަންތައްތަކެއްވެސް އެމްއޭސީއެލްގެ ޓްރެވަލް އެޑްވައިޒަރީގައި ވަނީ ފާހަގަ ކޮސްފައެވެ.
އޭގެ ތެރޭގައި ޓްއަރ އޮޕަރޭޓަރ ދަތުރު އަދި ފްލައިޓްތަކުގެ ފަހުގެ މައުލޫމާތު ހޯދުމާއި އެފަރާތުން ދޭ އިރުޝާދާއެއްގޮތަށް އަމަލުކުރުމާއި، ދުރާލާ ދަތުރުގެ ކަންކަން ރޭވުން ހިމެނެއެވެ.