"ކޮބަ ކަބާނާ" ރެސްޓޯރެންޓުން މި ރޯދަމަހު ތަރާވީހަށާއި ހާރަށް ދިވެހިކެއުން

ހުޅުމާލޭގައި ހުންނަ ހުންނަ "ކޮބަ ކަބާނާ" ރެސްޓޯރެންޓުން މި ރޯދަމަހު ހާރުކުއުމަށާއި ތަރާވީހަށް ދިވެހި ރަހަ ތަކާއެކު ހާއްސަ މެނޫއެއް ތަޢާރަފްކޮށްފި އެވެ.

އެ ރެސްޓޯރަންޓުން ހާރަށް ތައާރަފްކޮށްްފައި މެނޫގައި ދިވެހިންނަށް އެންމެ ކަމުދާނެ ދިވެހި ކެއުންތަށް ހިމަނާފައިވާއިރު މި ކެއުންތަކުގެ ރަހަތައްވެސް ސީދާ ދިވެހި ބަދިގެ ތަކުން ލިބޭ ރަހަތަށް ލިއްބައި ދެއެވެ.

 

View this post on Instagram

 

A post shared by Coba Cabana Hulhumale (@cobacabanamv)

އޭގެ ތެރެޢގައި ގަރުދިޔަ، ރޮށި، ބަތް، ފިހުނު މަސް، ތެލުލިފަތް، ތެލުލި ރެހި ފަދަ ދިވެހިންނަށް އެންމެ ކަމުދާ ބާވަތްތައް ވަނީ ހިމަނާފައެވެ. މީގެ އިތުރުން ތަރާވީސް މެނޫގައި ހެދިކާ އާއި ސޫޖީ އަދި އިތުރު ބުއިންތަކާއި ކެއުންތައްވެސް އެ ރެސްޓޯރަންޓުން ހިމަނާފައިވެއެވެ.

ކޮބާ ކަބާނާއިން މިއަހަރުގެ ރޯދަމަހަށް ހާއްސަކޮށް ރޯދަ ވީއްލުމަށްވެސް ހާއްސަ 4 މެނޫއެއް ވަނީ ތަޢާރަފްކޮށްފައެވެ. މީގެ އިތުރުން "ކޮބާ ކަބާނާ" ގެ އިންސްޓަ ގްރަމް ޕޭޖުގައިވާ ޕޯސްޓު ޝެއާ ކޮށްގެން 2 މީހަކަށް ރޯދަވިއްލުން ލިބޭ ހާއްސަ ޕްރޮމޯޝަނެއްވެސް އެ ރެސްޓޯރަންޓުން ދަނީ ކުރިއަށް ގެންދަމުންނެވެ.

 

View this post on Instagram

 

A post shared by Coba Cabana Hulhumale (@cobacabanamv)

"ކޮބާ ކަބާނާ" ގެ ޕޭޖް ލައިކު ކޮށް 3 ރަހްމަތްތެރިއަކު ޓެގް ކޮށް އެ ޕޯސްޓް ޝެއާ ކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރިޔާ ހޮވުން އޮންނާނީ މިމަހުގެ 6 ގައި ކަމަށާއި އެހެންކަމުން އެ ފުރުސަތު އެންމެ ބޭފުޅުންވެސް ހިފުމަށް "ކޮބާ ކަބާނާ" އިން އެދެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *