ބ.ގޮއިދޫގައި ކެންސަރު އިތުރުވާތީ އެ ރަށުގެ ދަނޑުތަކުގައި ޕެސްޓިސައިޑް ބޭނުންކުރާ ގޮތް ދިރާސާ ކުރަން ނިންމާފައިވާ ކަމަށް އެގްރިކަލްޗަ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ ޒުލްފާ ވިދާޅުވީ ގޮއިދޫގައި ކެންސަރުބަލި ޖެހޭ މީހުންގެ އަދަދު ގިނަކަން ފާހަގަކުރެވިފައިވާ ކަމަށާއި އެހެންކަމުން ގޮއިދޫ އަކީ ވަރަށް ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރާ ރަށަކަށްވާތީ، އެ ރަށުގައި ކެންސަރު ބަލި ޖެހޭ މީހުން އިތުރު ވަނީ ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޓްގެ ސަބަބުންތޯ ބަލަމުން އަންނަ ކަމަށެވެ.
އެގޮތުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ން އެ ދިރާސާ މިހާރު ކުރަމުން އަންނާތީ އެ މިނިސްޓްރީގެ ފަރާތުން ފްޑް އެންޑް ޑްރަގް އޮތޯރިޓީއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.