ސީރިއާ ހަނގުރާމާގައި ބައިވެރިވާން ގޮސް ހާލުގައި ޖެހުނު ދެ މައިން ރާއްޖެ ގެނެސްފި

ސީރިއާ ހަނގުރާމާގައި ބައިވެރިވާން ގޮސް ހާލުގައި ޖެހުނު ދެ މައިން ރާއްޖެ ގެނެސްފައިވާކަމަށް ހޯމް މިނިސްޓަރ ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމްމިނިސްޓަރ އަލީ އިހްސާނު ވިދާޅުވީ ސީރިއާގައި ހިނގަމުން ދިޔަ ހަނގުރާމަ އަށް ދިއުމަށް ފަހު، ތުރުކީގައި ތާށިވެފައި ތިބި ދިވެހި އަންހެނަކާއި އޭނާގެ 14 އަހަރުގެ ދަރިފުޅު ރާއްޖެ ގެނެސް ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

އެގޮތަށް ހަނގުރާމައަށް ގޮސް ތާށިވެފައިތިބި 23 މީހަކު މީގެ ކުރިންވެސް ރާއްޖެ ގެނެސް ރިހެބިލިޓޭޓްކޮށްފައިވާ ކަމަށާއި، މީގެ އިތުރުންވެސް ހަނގުރާމަތަކުގައި ބައިވެރިވާން ރާއްޖެއިން ދިޔަ ބައެއް މީހުންނާއި އެ މީހުން ގެންދިޔަ އާއިލާގެ ބައެއް މީހުން ރާއްޖެ ނާދެވި ހާލުގައި ޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް މިނިސްޓަރ އިހްސާނު ވިދާޅުވި އެވެ.

އެގޮތުން ރައީސް ޑރ މުއިއްޒުގެ އިރުޝާދާ އެއްގޮތަށް ސީރިއާގެ 2 ސަރަހައްދެއްގައި ތިބި 60 ވަރަކަށް މީހުން ގެނައުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، އެގޮތަށް ހަނދގުރާމައަށްގޮސް އެހެން ބައެއް ގައުމުތަކުގައި ތާށިވެފައި ތިބި މީހުންވެސް ގެނައުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް މިނިސްޓަރ އިހްސާނު ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *