ބޭސް ލިބުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި، މުޅިން އަލަށް ރާއްޖެ ގެންނަ 363 ބޭހެއް މިދިޔަ އަހަރު ރަޖިސްޓްރީ ކޮށްފި

ބޭސް ލިބުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި، މިދިޔަ އަހަރު މުޅިން އަލަށް ރާއްޖެ ގެނައުމަށް 363 ބޭހެއް ރަޖިސްޓްރީ ކޮށްފައިވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ބުނެފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހެލްތު މިނިސްޓްރީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ފަރާތުން ވިދާޅުވީ ރާއްޖެއަށް ބޭސް ލިބުމުގައި ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މިދިޔަ އަހަރު މުޅިން އަލަށް 363 ބޭހެއް ރަޖިސްޓްރީކޮށްފައިވާކަމަށެވެ.

އެގޮތުން އެ އޮތޯރިޓީއަށް މިދިޔަ 2025 ވަނަ އަހަރު ޖުމްލަ 594 ބޭހެއް ރަޖިސްޓްރީކުރުމަށް ހުށަހެޅުނުއިރު އޭގެ ތެރެއިން 363 ބޭހެއް ރާއްޖޭގައި ހުއްދަކުރާ ބޭހުގެ ލިސްޓުގައި މިހާރު ހިމަނާފައިވާ ވާނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން 2025 ވަނަ އަހަރު ރާއްޖެއަށް ބޭސް އެތެރެކުރުމުގެ ހުއްދަ މުޅިން އަޅަށް 15 ފަރާތަކަށް އެ އޮޓޯރިޓީން ދޫކޮށްފައިވާއިރު މިވަގުތު ރާއްޖެއަށް ބޭސް އެތެރެކުރެ ކުރުމުގެ ލައިސަންސް 63 ފަރާތަކަށް ދޫކޮށްފައިވާ ކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *