ދައުލަތަށް ނުލިބިހުރި ފައިސާގެތެރެއިން ފެބްރުއަރީމަހު 666 މިލިއަން ރުފިޔާ ލިބިއްޖެ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ..
މީރާގެ ރިޕޯޓްގައިވާގޮތުން ފެބްރުއަރީ މަހު އެ އާމްދަނީގެ ގޮތުގައި މީރާއަށް ބަލައިގެންފައިވާ ޖުމްލަ 2.80 ބިލިއަން ރުފިޔާގެ ތެރެއިން 16.9 އިންސައްތައަކީ ދައުލަަތަށް ލިބެންޖެހި ނުލިބި ހުރި ފައިސާ ހޯދުމަށް އެ އިދާޜާއިން ކުރި މަސައްކަތުން ހޯދުނު ފައިސާއެވެ.
އަދި އެ އިދާރާގެ ރިޕޯޓްގައިވާ ގޮތުން ދައުލަތަށް ނުލިބި ހުރި ފައިސާ ހޯދުމަށް އއެ އިދާރާއިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން 399 މިލިއަން ރުފިޔާ ލިބިފައިވަނީ ނޯޓިސް ފޮނުވައިގެން ކަމަށާއި، އިތުރު 156 މިލިއަން ރުފިޔާއެއް ޑިއު ކްލިއަރެންސްގެ ތެރެއިން ހޯދިފައިވާ ކަމަށް މީރާއިން ބުނެފައި ވެއެވެ.
މީގެ އިތުރުން ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމުގެ ގޮތުން އިންސްޓޯލްމެންޓުތަކަށް ބަހައިގެން ފައިސާ ދެއްކުމަށް އެކި ފަރާތްތަކާއެކު ގާއިމުކޮށްފައިވާ އެއްބަސްވުންތަކުގެ ދަށުން 61 މިލިއަން ރުފިޔާ ފޯނުން ގުޅައިގެން ކުރި މަސައްކަތްތަކުން 34 މިލިއަން ރުފިޔާ އަދި ޓެކްސް ދައްކަންޖެހި ނުދައްކާ ހުރި ފަރާތްތަކުގެ އެކައުންޓުތައް ހިފަހައްޓައިގެން 5 މިލިއަން ލިބިފައިވާ ކަމަށް މީރާއިން ބުނެފައި ވެއެވެ.