ތިލަފުށީގައި ހަދާ ވިޔަފާރި ބަނދަރުގެ ޑީޓެއިލް ކުރެހުން ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

ތިލަފުށީގައި ހަދާ ވިޔަފާރި ބަނދަރުގެ ޑީޓެއިލް ކުރެހުން ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިއުލާނުކޮށްްފި އެވެ.

އެމްޕީއެލް އިން ކޮސްފައިވާ އިއުލާނުގައި ބުނެފައިވަނީ ތިލަފުއްޓަށް ބަދަލު ކުރަން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން އެތަނުގެ ޓާމިނަލާއި އެންމެހާ ފެސިލިޓީތަކުގެ ޑީޓެއިލް ކުރެހުންތައް ތައްޔާރުކޮށް ދޭނެ ބަޔަކު ހޯދުމަށް ބޭނުންވާ ކަމަށާއި، އެ މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއައިއޯ) ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 25 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

މި މަސައްކަތުގެ ތެރެއިން ޕޯޓުގެ މައި ޓާމިނަލާއި ކޮންޓެއިނާ ޔާޑާއި ސްޓޯރޭޖް އޭރިއާ އާއި އިދާރީ އޮފީސް އިމާރާތާއި ކޮންޓްރޯލް ޓަވަރާއި ގޭޓް ކޮމްޕްލެކްސް އާއި ވޯކްޝޮޕް/މެއިންޓަނަންސް ފެސިލިޓީ އަދި ސްޓާފް ސަޕޯޓް ފެސިލިޓީ އާއި އެކަމަށް ބޭނުންވާ އިމާރާތްތަކުގެ ސްޓްރަކްޗަރަލް ޑިޒައިނިން އާއި އަރކިޓެކްޗަރަލް މަސައްކަތްތައް ޑިޒައިން ކުރުން ވެސް ހިމެނެއެވެ.

މީގެ އިތުރުން ކޮންޓެއިނަރު ބަހައްޓާ ސަރަޙައްދާއި ޕޯޓުގެ މަގުތައް ތަރައްޤީކުރުމާއި ޔުޓިލިޓީ ޚިދުމަތްތައް ޤާއިމުކުރުމުގެ ޕްލޭންގެ ޑިޒައިން ވެސް ހަދަން ޖެހެ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *