އެމްޑީޕީ މެޖޯރިޓީ އޮންނަ ކައުންސިލްތަކުން އައިޖީއެމްއެޗްގެ އައުޓް ރީޗް ޕްރޮގްރާމަށް އެއްބާރުލުން ނުދޭ ކަމަށް ބުނެފި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) މެޖޯރިޓީ އޮންނަ ކައުންސިލްތަކުން އައިޖީއެމްއެޗްގެ އައުޓް-ރީޗް ޕްރޮގްރާމަށް އެއްބާރުލުން ނުދޭ ކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމު ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީއަށް ދެއްވި ބަސްދީގަޔތުމެއްގައި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމު ވިދާޅުވީ އަތޮޅު ތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް ބައެއް ދާއިރާތަކުން މުހިއްމު ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އައިޖީއެމްއެޗްއިން ކުރިއަށްގެންދާ އައުޓް-ރީޗު ޕްރޮގުރާމުތަކަށް އެމްޑީޕީ އަޣުލަބިއްޔަތު އޮންނަ ބައެއް ކައުންސިލްތަކުން އެއްބާރުލުން ނުދޭ ކަމަށެވެ.

އެގޮތުން މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން އިސްނަގައިގެން ފާއިތުވި 2 އަހަރު އަތޮޅުތަކުގެ ސަރަހައްދީ ހޮސްޕިޓާތަކުގައި ޑޮކްޓަރުންގެ ޓީމުތައް މެދުވެރިކޮށްް އައުޓް ރީޗް ޕްރޮގުރާމުތަކެއް ހިންގާފައިވާއިރު ސަރުކާރާ އެއް ވިސްނުމެއްގައި މަސައްކަތްކުރާ ކައުންސިލުތަކުގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމާއި އެއްބާރުލުން ލިބިފައިވާ ކަމަށް ސީއީއޯ ހަލީމް ފާހަގަކުރެއްވި އެވެ.

އަދި އެފަދަ ކައުންސިލްތަކުން އެއްބާރުލުން ދިނުމުގެ އިތުރުން  ކައުންސިލުތަކުގެ ބަޖެޓުން ބައެއް ކަންްކަން ހަމަޖައްސައިދީ، މާލެއިން ދާ ޑޮކްޓަރުންނަށް ބައެއް ހިދުމަތްތައް ފޯރުކޮށްދިނުންފަދަ ކަންކަން ކައުންސިލުތަކުން އިންތިޒާމުކޮށްދީފައިވާކަން ވެސް ސީއީއޯ ހަލީމް ފާހަގަކުރެއްވި އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *