ހަނގުރާމައިގެ ސަބަބުން ތެލަށް ކުރަންޖެހޭ ހޭދަ ބޮދުވުމާގުޅިގެން ބޭރުގެ 2 އެޖެންސީއަކުން ރާއްޖެއަށް 100 މިލިޔަން ޑޮލަރު ހަމަޖެހިފައިވާކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވެއްޖެ

ތެޔޮ ގަންނަން ކުރަންޖެހޭ ހޭދަ އިތުރުވުމާ ގުޅިގެން ބޭރުގެ 2 އެޖެންސީއަކުން ރާއްޖެއަށް 100 މިލިޔަން ޑޮލަރު ހަމަޖެހިފައިވާކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރު ކުޑުކުރުމަށް އުފައްދާފައިވާ ކޮމެޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިިސްޓަރ  ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ އަސާސީ ކަންކަން ފުރިހަމަ ކުރުމަށް ދައުލަތުގެ ރިޒާވުން ޚަރަދުކުރާއިރު، ތެލުގެ އަގުބޮޑުވުމާ ގުޅިގެން ރިޒާވަށް އިތުރު 100 މިލިޔަން ޑޮލަރު ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށާއި، އެގޮތުން މިހާތަނަށް އެމަސައްކަތުން ބޭރުގެ މާލީ 2 އިދާރާއަކާއި ވާހަކަ ދެކެވި އެއްބަސްވުމަކަށް އާދެވިފައިވާކަމަށެވެ.

އެގޮތުން އެ ފައިސާ ހަމަޖެއްސުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިމި މިހާރު ރައީސުލްޖުމްހޫރިއްޔާގެ ހުއްދައަށް އެދިފައިވާ ކަމަށްވެސް މިނިސްޓަރ ޒަމީރު ވިދާޅުވި އެވެ.

މީގެ އިތުރުން ހަނގުރާމަ ދެމިގެންދާ ހާލަތެއްގައި ދައުލަތަށް ލިބޭނެ ގެއްލުން ސަރުކާރުން ވަޒަން ކުރަމުންދާކަމަށާއި، އެގޮތުން މިހާލަތު 1 މަސް ދުވަހަށް ދެމިގެން ގޮސްފިނަމަ ދައުލަތުގެ އާމްދަނީއަށް 100 މިލިޔަން ޑޮލަރުގެ ގެއްލުންވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *