ރ. ވާދޫއިން ޑިންގީއެއްގައި އެކަނި ކަނޑުމައްޗަށް ނިކުމެއުޅުނު މީހަކު ގެއްލިގެން ހޯދަނީ

ރ. ވާދޫންއިން ޑިންގީއެއްގައި އެކަނި ކަނޑުމައްޗަށް ނިކުމެ އުޅުނު މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ ރ. ވާދޫން ކަނޑުމައްޗަށް ނިކުމެ އުޅުނު މީހަކު ގެއްލިފައިވާކަމަށް 2026 މާރިޗު 12 ވަނަ ދުވަހުގެ ރޭ 20:48 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި، ގެއްލިގެން ހޯދަމުންދަނީ ރ. ވާދޫ، ވިންޑްސްޓަރ، މުޙައްމަދު އިޤްބާލް އެވެ.

އޭނާ ކަނޑުމައްޗަށް ނިކުމެފައިވަނީ 2026 މާރިޗު 12 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި، އޭނާ ނުކުތީ ކުޑަ ޑިންގީއެއްގައި އެކަނި ކަމަށާއި، ދަތުރަށް ނިކުތްއިރު އަތުގައި މޯބައިލް ފޯނެއް ނެތް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

މި ރިޕޯޓް ލިބުމާއެކު ފުލުހުން ވަނީ ކަމާބެހޭ ބަހާތަކާއި އެހެނިހެން އިދާރާތަކާއެކު މައުލޫމާތު ހިއްސާކޮށް ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ފަށާފައެވެ.

އަދި މުޙައްމަދު އިޤްބާލާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ރ. އަލިފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު 9992245 އަށް ގުޅުއްވައި ހިއްސާކުރުމަށްވެސް ފުލުހުން ވަނީ އެދިފައެވެ.

އަޕްޑޭޓް: 13 މާރޗް 2025

އެމީހާ ހޯދަމުން ދަނިކޮށް މިހާރު ވަނީ ފެނިފައެވެ. އޭނާ ފެނުނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް އަލިފުއްޓާ ދިމާ ބޭރުން ޑިންގީގެ އިންޖީނު ހުއްޓިގެން އޮޔާ ދަނިކޮށެވެ. އޭނާގެ ހާލު ރަނގަޅެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *