އެއާޕޯޓުން ޖެޓްފިއުލް ވިއްކާ އަގު ބޮޑުކޮށްފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މަތިންދާބޯޓުތަކަށް އަޅާ ޖެޓް ފިއުލް ވިއްކާ އަގު ބޮޑުކޮށްފި އެވެ.

ރާއްޖޭގެ އޭވިއޭއަޝަން ހަބަރުތައް ގެނެސްދޭ  އޭވިއޭޓާސް މޯލްޑިވްސް އިން ބުނެފައި ވަނީ ކުރިން 1.19 ޑޮލަރަށް ވިއްކަމުން އައި ޖެޓް ފިއުލް ލީޓަރެއްގެ އަގު 1.69 ޑޮލަރަށް މިހާރު ބޮޑުކޮށްފައިވާ ކަމަށެވެ.

އަދި  ޖެޓް ފިއުލްގެ އަގުބޮޑު ކުރީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާތީ ކަމަށްވެސް އޭވިއޭޓާސް ގައި ބުނެފައި ވެއެވެ

އެމްއޭސީއެލްއަށް ޖެޓް ފިއުލް ސަޕްލައިކޮށް ދެނީ އެސްޓީއޯއިންނެވެ. އެސްތީއޯއިން މީގެ ކުރިން ވަނީ އެކުންފުނިން ވިއްކަމުންއައި ޑިސަލާއި ޕެޓްރޯލުގެ އަގު ބޮޑުކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *