ހޯރަފުށީގަ ބުޅަލެއް ދަންޖެއްސި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ ބުޅަލަކަށް ގަސްދުގައި އަނިޔާކޮށް، މަރާލާފައިވާ މައްސަލައެއް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުށަހަޅާފައިވާ ކަމަށާއި، އެ މައްސަލަ އާއި ގުޅިގެން 3 މީހަކާ ސުވާލުކޮށް، ތަހުގީގުގެ ބޭނުމަށް ބަޔާން ނަގާފައިވާ ކަމަށެވެ.
އެމައްސަލައާއި ގުޅުންހުރި ވީޑިއޯކަމަށްބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ބުޅަލެއް ދަން ޖައްސައި މަރާލުމަށްފަހު ދަމާފައި ގެންދާތަނެވެ.