ފ ނިލަންދޫ މަސް ބަންދުކުރާ ކާރުޚާނާއަށް ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް އެމްޓީސީސީ އިން ފަށައިފި

ފ.ނިލަންދޫގައި ޤާއިމްކުރާ ދަޅުގައި މަސް ބަންދުކުރާ ކާރުހާނާއެޅުމަށް ބޭނުންވާ ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

މި މަސައްކަތުގެ ދަށުން ނިލަންދޫގައި އިތުރުކުރެވޭ 7 ހެކްޓަރު ބިމުގައި ދުވާލަކު 50 ޓަނުގެ މަސް ދަޅު ބަންދުކުރެވޭނެ ކާރުޚާނާ އަކާއި 1500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއްވެސް ޤާއިމުކުރެވޭނެ ކަމަށް ފިޝަރީޒް މ ިނިސްޓްރީން ބުނެއެވެ.

ނިލަންދޫގެ އިތުރުން ގދ ފިޔޯރީގައިވެސް ވަނީ އެ ރަށުގައި ސަރުކާރުން ގާއިމްކުރާ ދަޅުގައި މަސް ބަންދުކުރުމަށް ބޭނުންވާ ކާރުހާނާ ގައިމުކުރުމަށް ޓަކައި ބޭނުންވާ ބިންހިއްކުމުގެ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މިދިޔަ ފެބުރުއަރީ މަހު އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *