އުލިގަމުގައި މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލ)ް އިން ތަރައްގީކުރާ ޔޮޓްމެރީނާ ތަރައްގީކުރަން ސާސް އީ ކޮންސްޓްރަކްޝަން އާ ޙަވާލުކޮށްފި އެވެ.
ޔޮޓްމެރީނާ ތަރައްގީކުރުމުގެ އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރު އަލީ ހާޝިމް އެވެ. ސާސް އީ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުالله ސަވާދު (ލިއޯ ޗަވާދު) އެވެ.
އެމްޕީއެލް އިން ބުނީ މި މަޝްރޫއު ފުރަތަމަ ފިޔަވަހީގެ ދަށުން 18 ޔޮޓް އެއްފަހަރާ ބަނދަރު ކުރެވޭ މެރީނާއަކާއި ޔޮޓްތަކަށް ބޭނުންވާ މައިގަގނޑު ހިދުމަތްތަކާއި އިމިގްރޭޝަނާއި ކަސްޓަމްސްގެ ހިދުމަތް ވެސް ގާއިމްކުރާން ހަމަޖެހިފައިވާ ކަމަށެވެ.